މާލޭގައި އިމާރާތެއްގެ މަތިން ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިމާރާތުގެ މަތިން ވެއްޓި ނިޔާވީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ އިމާރާތުން ވެއްޓިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 6 ޖަހާ އެހާކަންހާއިރުއެވެ.
އެ ޒުވާނާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ހެނދުނު 06:15 ގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ވެއްޓިފައިވަނީ މަޖިދީމަގު މާފަންނު "ބޮނޑިބަތް ޕާކް" ކައިރީގައި ހުރި އިމާރާތެއްގެ 4 ވަނަ ފަންގިފިލާއިންނެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާއިރު، ފުލުހުން މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންނެވެ.