މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:15 ހާއިރު 19 އަހަރުގެ ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ޒަޚަމްވުމާއި ގުޅިގެން އެޒުވާނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މަންޒަރުދުށް މީހަކު ބުނި ގޮތުގައި މިރޭ ވަނީ ރާނބާ ރެސްޓޯރެންޓް ތެރެއިން ހަ ޒުވާނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ މިމާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އެކަން ޗެކް ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.