ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 18:57
ހައިރައިޒް ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަމީން ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ
ހައިރައިޒް ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަމީން ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
މޯލްޑިވްސް ލިވިންގް އެކްސްޕޯ
މޯލްޑިވްސް ލިވިންގް އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތު މިރޭ، ހާއްސަ އިނާމުތަކެއް!
މި އެކްސްޕޯ ފަށާފައި ވަނީ މާރޗް 8 ވަނަ ދުވަހު
ގިނަ އަދަދަކަށް މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައި ވަނީ

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މި އަހަރު ވެސް ވަނީ ބާއްވާފައެވެ. އެގޮތުން މި އެކްސްޕޯ ފަށާފައި ވަނީ މާރޗް 8 ވަނަ ދުވަހު ނެޝެނަލް އާރޓް ގެލަރީގައެވެ. މިއަދަކީ އެކްސްޕޯގެ އެންމެ ފަހު ދުވަހެވެ. އެކްސްޕޯ މިރޭ ދިހައެއް ޖެހުމާ ހަމައަށް ކުރިއަށްދާއިރު އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަމީން ވިދާޅުވީ މިފަހަރު އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ 18 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށާއި ޖުމްލަ 20 އެގްޒިބިޓަޒް އެކްސްޕޯގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ފާއިތުވި ހަ އަހަރާ އަޅާ ބަލާއިރު މިފަހަރު ގިނަ އަދަދަކަށް މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގައި ގެދޮރާ ބެހޭ މުހިންމު މައުލޫމާތުތަކުގެ އިތުރުން ފަރުނީޗަރުތަކާއި ލިވިންގް ލައިފް ސްޓައިލްގެ އިލެކްޓްރޯނިކްސް ސާމާނުތަކަށް ވެސް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ހައިރައިޒް ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ ކޮލަމްބޯ ސިޓީ ސެންޓަރެވެ.  

ކޮލަންބޯ ސިޓީ ސެންޓަރުގެ ޖެނެރަލް މެނޭޖަރ ނިރުޕާ ޕެއިރިސް ވިދާޅުވީ ސްރީލަންކާގެ ރައްޔިތުންގެ އިތުރުން ދިވެހިން ވެސް ސްރީލަންކާގެ ޕްރޮޕަޓީސްތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ކޮލަންބޯ ސިޓީ ސެންޓަރ އިތުރަށް އިޝްތިހާރު ކުރުމުގެ ގޮތުން ކަމަށެވެ.

ކޮރަލް ބޮލިވާޑް ކުންފުނީގެ ފަރާތުން ވެސް ވަނީ މި އެކްސްޕޯގައި ކޯ ސްޕޮންސަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައެވެ. އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރ ސޭލްސް އެންޑް މާރކެޓިންގް އައިޝަތު ގާހިރު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން އެ ކުންފުނި ވަރަށް ގިނަ ބަޔަކަށް އެނގިގެން ހިނގައްޖެ ކަމަށާއި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެ ކުންފުނިން އަންނަނީ ރަސްފަންނު ބީޗް ކައިރީގައި ޓަވަރުތަކެއް ތަރައްގީކުރަމުންނެވެ. 

މި އިވެންޓްގެ ކޯ ސްޕޮންސަރުންނަށް އަލް ޓަޔާ, ކޮރަލް ބޮލިވާޑް ހަމަޖައްސާފައިވާއިރު ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްއެވެ. އަދި ސެޓަޕް ޕާޓްނާއެއްގެ ގޮތުގައި އަސަރީ ސާރވިސަސް ހަމަޖައްސާފައިވާ އިރު ޕަބްލިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައިލެންޑް ޗެފްއެވެ.

މީގެ އިތުރުން ސެކިއުރިޓީ ޕާޓްނާރެއްގެ ގޮތުގައި ދަ ގޭޖް ހަމަޖައްސާފައިވާއިރު ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް ވަނީ ހަމަޖައްސާފައެވެ. އަދި ޑިޖިޓަލް ކޮމިއުނިކޭޝަން ޕާޓްނަރަކަށް ވަނީ ދިރާގު ހަމަޖައްސާފައެވެ.

 

 

- ކޮމެންޓް