މާލެ އިން ފުރައިގެން ރ. އިންނަމާދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ދިޔަވަމުން ދާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އިންނަމާދޫއަށް ދަތުރު ކުރަމުންދިޔަ "ސިގްނަލް" ނަމަކަށް ކިޔާ ދޯނި ދިޔަވަމުންދާކަން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ 12:23 ގައި ކަމަށެވެ. އެއީ 55 ފޫޓްގެ ދޯންޏެއް ކަމަށާއި އެ ދޯނި ދިޔަވަމުންދާކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ ކ. ގާފަރު ސަރަހައްދުން ކަމަށެވެ.
Male in Furaigen Raa Innamaadhoo ah Dhathurukuri "Signal" Namakah Kiyaa Dhoani, Kaafu Gaafaru ge Hulhangun , Dhiyavaathee MNDF Male Area Coast Guard Squadron in Harakaaitherivaan Fashaifi. pic.twitter.com/EVLW65kRei
— MNDF (@MNDF_Official) March 10, 2018
އެ ދޯންޏަށް ދިޔަވީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ދާފެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި އެވަގުތު ހަ ދިވެހިންނާއި ބިދޭސީއަކު ހުރި ކަމަށެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.