ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަނބިދަރިކަލުން، މުހައްމަދު ނަދީމަށް ޑައިރިއާ ޖެހި، ސިއްހީ މައްސަލަތަކެއް ކުރިމަތިވާތީ އޭނާގެ ގާނޫނީ ވަކީލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ޑައިރިއާއަކީ އާދަޔާ ހިލާފަށް ބޮޑުކަމުދެވި، ގައިން ވަރު ދޫވެ، ހަށިގަނޑުން ފެން މަދުވެ، ސިއްހީ އެހެން މައްސަލަތަކުގެ ތެރެެއަށް ހިނގައިދާނެ ބައްޔެކެވެ.
ނަދީމުގެ ގާނޫނީ ވަކީލު، މަހުފޫޒު ސައީދު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަދީމަށް ޑައިރިއާ ޖެހުނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން ކަމަށެވެ. ސާފު ބޯ ފެން ނުލިބުމުގެ ސަބަބުން، ޑައިރިއާ ޖެހި، "ޑީހައިޑްރޭޓް"ވުމުގެ މައްސަލަ ނަދީމަށް ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަ ކުރިމަތިވާން ފެށީ މިދިޔަ ހަފްތާއިން ފެށިގެން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
My client @MNadhym has been suffering from diarrhea and dehydration since last week. Despite several requests and complaints he is still not provided clean water to drink. Arrested on 5th February and no question asked yet. Everyone responsible for this will be held accountable!
— Mahfooz Saeed (@MahfuzSayd) March 9, 2018
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނަދީމް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އަދިވެސް ސުވާލެއް ނުކުރާ ކަމަށެވެ. ނަދީމް ހައްޔަރުކޮށްފައި ހުންނަތާ ހުކުރު ދުވަހަށް 32 ދުވަސް ވަނީ ވެފައެވެ.
ނަދީމްގެ އަނބިކަނބަލުން، އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޒީމްގެ ސިއްހީ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި ނަދީމަށް ސާފު ބޯފެން ފޯރުކޮށްދީ، ޑޮކްޓަރުންގެ ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
Very concerned to hear that my husband @MNadhym is not well . Hope that a doctor will attend to him and that he will soon be provided with clean water to drink. @hrcmv @MDN_mv @UNHumanRights @amnesty @EU_Maldives @USAmbKeshap @JamesDauris https://t.co/o65P7YbV4z
— Yumna Maumoon (@yumna_maumoon) March 9, 2018