ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިންނަން ފޮނަދޫއަށް ދިއުމަށް ފުރުޝަތު ދީފި ނަމަ، ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲގެ އަސްލު ސައިޒު ދައްކާލާނެ ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ހަވީރު ގަމު ތުނޑީ އަވަށުގެ ހަރުގެ ކައިރިން ފެށި ވެހިކަލްބުރަށް ރައިޓް ގިއަރުގައި ތިބި ސިފައިން ވަނީ މާއްދުއާއި ކައްދޫ ގުޅޭ ކޯސްވޭ ކުރިމަތިން ހުރަސް އަޅާފައެވެ. ސިފައިން ސީޓްތަކާއި އެކު އެ މަގު ބަންދު ކުރުމުން ވެހިކަލް ބުރު މުޒާހަރާއަށް ބަދަލުވެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިފައިން ހުރަސް އެޅުމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ ސިފައިން މުޒާހަރާގެ ބައިވެރިނަން ހުރަސް އެޅީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަންގައިގެން ކަމަށެވެ. އަދި ލ. ގަމުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ރައްޔިތުންނަން ފޮނަދޫއަށް އަރަށް ފުރުޝަތުދޭން ސިފައިންނަން ނުކުރޭނެ ކަމަށާއި، އެ ފުރުޝަތު ލިބެއްޖެނަމަ އަބްދުއްރަހީމްއަށް ތާއީދުނެތްކަށް ހާމަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އަބްދުއްރަހީމްގެ އުފަން ރަށް އަދި އެބޭފުޅާގެ ދާއިރާގައި ވެސް އަބްދުއްރަހީމަށް މިހާރު ތާއީދު ނެތް ކަމަށެވެ.
ހުކުރު ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިކަން ފާހަގަ ކޮށްލެވެއެވެ. ސިފައިން މުޒާހަރާގެ ބައިވެރިންން ހުރަސް އެޅިނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުއެވެ.