ސްވިޑެންގެ ނޫސްވެރިޔާ ކިމް ވޯލްގެ މަރުގެ މައްސަލައިގައި ޑެންމާކުގައި އާ އީޖާދުތައް ތައާރަފުކުރާ ފަރާތެއް ކަމަށްވާ ޕީޓަރ މޭޑްސެންގެ މައްޗަށް ހިންގާ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިދިޔަ އޯގަސްޓް މަހު ކިމްވޯލް މަރާލާފައިވަނީ މޭޑްސެން އަމިއްލައަށް އުފެއްދި ސަބްމެރިންގައި ގެންދިއުމަށް ފަހު ކަމަށްވަނީ ބެލެވިފައެވެ.
މޭޑްސެންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި މީހަކު މެރުމާއި، މީހެއްގެ ގުނަންތައް ހުޅުހުޅުން ބުރިކުރުމާއި،ނުރައްކާތެރިކޮށް ޖިންސީ ހާނީއްކަ ކުރުމުގެ ދައުވާ ހިމެނެއެވެ.
ކިމް ވޯލް މަރާލި ކަމަށް ކުރާ ތުހުމަތު އޭނާ ދޮގުކުރެއެވެ. ނަމަވެސް ގުނަވަންތައް ބުރިކުރި ކަމަށް އޭނާ އެއްބަސްވެއެވެ.
މޭޑްސެންއާއި ދެކޮޅަށް ހެކިބަސް ދިނުމަށް 40 އަކަށް މީހުން އެބަތިއްބެވެ.
މޭޑްސެންގެ ވާހަކަތައް އެކި ފަހަރު އެކި ގޮތަށް ބަދަލުވެފައިވާއިރު އެއްފަހަރަކު އޭނާ ބުނެފައިވާ ގޮތުގައި އެ ނޫސްވެރިޔާ މަރުވެފައިވަނީ ސަބްމެރިންގެ ތެރޭގައި އިންދައި ކާބަން މޮނޮކްސައިޑްގެ ވިހަ އަސަރު ކޮށްގެންނެވެ. އަދި އޭރު ޕީޓަރ ހުރީ ސަބްމެރިންގެ ޑެކް މަތީގައި ކަމަށް އޭނާ ބުނެއެވެ.
އުމުރުން 30 އަހަރުގެ ވޯލްސްގެ ގުނަވަންތައް ހުޅުހުޅުން ބުރިކުރި ކަމަށް ކުރާ ތުހުމަތު މޭޑްސެން ކުރިން ދޮގުކޮށްފައިވާއިރު އޭރު އޭނާވަނީ ވޯލްސް މަރުވެފައިވަނީ ސަބްމެރިންގެ ކުޑަދޮރެއް އޭނާގެ ބޮލަށްވެއްޓިގެން ކަމަށްވެސް ބުނެފައެވެ.
ޑައިވަރުންނަށް އޭނާގެ ބޯ ފެނިފައިވަނީ ދެ ފަޔާ އަންނައުނާ އެކު ގޯންޏެއްގައި ފައްތާފައި ހުއްޓައި ކޯޕަންހޭގަންގެ ދެކުން ކޮގް ބޭއިން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ.
މި ތަކެތި ފެނިފައިވަނީ ޕީޓަރ މޭޑްސެން ގެ ސަބްމެރިންގައި އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވޯލްސް ދިޔަތާ 11 ދުވަސް ފަހުން އޭނާގެ ހަށިގަނޑުގެ ކަރުން ފެށިގެން ފޫޅާ ދެމެދުގެ ބައި ފެނުނު ސަރަހައްދާ ދުރު ނޫން ސަރަހައްދަކުންނެވެ.
އޮކްޓޯބަރު މަހުގެ 6 ވަނަދުވަހު ފެނުނު ގޯނިތައް ފައްތާފައި ހުރީ ދަގަނޑު ބުރި ބުރި އަޅައިގެން ކަމަށް ކޯޕަން ހޭގަންގެ ޕޮލިސް އިންސްޕެކްޓަރ ޖެންސް މޮލަރ ވިދާޅުވެފައިވެއެވެ.
ވޯލްސްގެ ހަށިގަނޑުގެ ކަރުން ތިރި ފޫޅާ ދެމެދު ފެނިފައިވަނި އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.
ޕޯސްޓް މޯޓަމް ތަހުލީލުން ދައްކާގޮތުގައި އޭނާގެ ޖިންސީ ގުނަވަނާއި މޭކަށިތަކުގައި ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައި ހުރިއިރު ބެލެވޭ ގޮތުގައި އެއީ "މަރުވަނިކޮށް ނުވަތަ މަރުވިތާ ކުޑަވަގުތުކޮޅެއްތެރޭ" ދީފައިވާ ހަމަލާތަކެކެވެ.
އުމުރުން 30 އަހަރުގެ ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފެނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހަވީރު މޭޑްސެން އަމިއްލައަށް އުފައްދާފައިވާ ސަބްމެރިންއެއްގައި އޭނާއާއެކު އެ އުފެއްދުމާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރު ކުރުމަށް ފުރަނިކޮށެވެ.
އެ ދަތުރުން އޭނާ އެނބުރި ނައުމުން އެކަން ސަމާލުކަމަށް ގެނެސްފައިވަނީ ވޯލްސްގެ ލޯބިވެރިޔާއެވެ.
އެންމެ ފުރަތަމަ މޭޑްސެން ބުނެފައި ވަނީ ކޯޕަން ހޭގަންއަށް ވޯލްސް ސަލާމަތުން ގެންގޮސްދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވާހަކަ ބަދަލުކޮށް "ނުރައްކާ އެކްސިޑެންޓެއް ހިނގީ ކަމަށާއި ވޯލްސް ކަނޑަށް ދޫކޮށްލުމަށް ފަހު ސަބްމެރިން އަޑިޔަށްދާން ދޫކޮށްލައި އޭނާގެ ފުރާނަ ސަލާމަތްކުރީ ކަމަށެވެ.