ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި މާދަމާ ހެނދުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވާނެއެވެ.
އަވަށްޓެރި ސްރީލަންކާގައި ހުންނަވައިގެން އެމަނިކުފާނު މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާއިރު، މިހާރުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި މެދުގަޔާއި، އެމަނިކުފާނުގެ އަމިއްލަ ބައެއް ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާނެއެވެ. ރައީސް ނަޝީދު ބެލުންތެރިންނާއި ބައްދަލުކުރައްވާނީ ޕްރޮމްގެ ތެރެއިން ހެނދުނު 8:30 ގައެވެ.
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އަދި ފަށާއިރު ޕްރޮގްރާމްގެ ޕްރެޒެންޓަރ އާމިރު ސަލީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވެވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ޖަލުގައި ހުންނެވި ދުވަސްތަކުގައި އެމަނިކުފާނަން ކުރެއްވުނު ތަޖްރިބާގެ ވާހަކަ ހިއްސާކުރެއްވިއެވެ.