ދަނޑުވެރިންނަށް ދޫކުރާ ލޯނުތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މި ލޯން ދޫކުރަން ނިންމާފައިވަނީ ރާއްޖެއަށް އިމްޕޯޓުކުރާ މޭވާ އާއި ތަރުކާރީ މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރުއޫގެ ދަށުންނެވެ. އަދި މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހަ މިލިޔަން ރުފިޔާގެ ލޯނުވެސް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިތުރަށް ބުނެފައިވަނީ ދަނޑުވެރިކަމުގެ ލޯނަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދަނޑުވެރިކަމުން ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެތި މަދުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދާ އެ ބާވަތްތައް އިމްޕޯޓް ކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލ. ގަމުގައި ފަށާފައެވެ.