ސީރިޔާގައި ރަޝިއާގެ މަތިންދާބޯޓެއް ވެއްޓި 30 އަށްވުރެ ގިނަ މީހުން މަރުވެެއްޖެކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.
އޭއެން 26 ގެ މަތިންދާ ބޯޓް ވެއްޓިފައިވަނީ އައްސޭރިފަށުގެ ސިޓީއެއްކަމަށްވާ ލަޓަކިއާގެ ކައިރީގައި އޮންނަ ހެމެއިމިމް އެއަރބޭހަށްކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެފައިވެއެވެ.
ފުރަތަމަ ރިޕޯޓް ކުރެވުނު އިރު 32 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް ސިފައިންގެ 39 މީހުން މަރުވެފައިވާކަމަށް ފަހުންވަނީ ރިޕޯޓްކޮށްފައެވެ.
ބޯޓް ވެއްޓިފައިވަނީ ހަމަލާއެެއްގެ ސަބަބުން ނޫންކަމަށާއި ބޯޓް ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންކަމަށްވުން އެކަށީގެންވާކަމަށް ފުރަތަމަ ބެލިބެލުންތަކުން ދައްކާކަަމަށްވަނީ ބުނެފައެވެ.
ހާދިސާގެ ތަހުގީގު މިހާރުދަނީ ކުރެވެމުންނެވެ.