ފެނަކަ ކޯޕަރޭޝަން ހިންގުން ވަގުތީ ގޮތުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމާ ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަން ހިންގުން އެމްޕީއެލްގެ ސީއީއޯ ހަލީމާއި ހަވާލުކޮށްފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ރައީސް ޔާމީންގެ ޕީޕަލްސް އެލަޔަންސްގެ ސެކެރަޓަރީ ޖެނެރަލް އަހުމަދު ޝަރީފް އާދަމް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރުމާއި ގުޅިގެންނެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފެނަކަ ހިންގުން އެމްޕީއެލްގެ ސީއީއޯ އާއި ހަވާލުކުރުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު (މިއަދު) ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ. ހަލީމާ، ފެނަކަ ހިންގުން ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވަންދެންނެވެ.
ހަލީމަކީ މިގެކުރިން އެމްޓީސީސީގެ ސީއީއޯކަމާއި، އެމްއާރުޑީސީގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.