ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 21:50
މާލޭގެ ޕެޓްރޯލް ޝެޑެއް
މާލޭގެ ޕެޓްރޯލް ޝެޑެއް
ސަން
ތެލުގެ އަގު ހެޔޮކުރުން
އެސްޓީއޯ އިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
މި އަަހަރުގެ ޖެނުއަރީ މަހު ވަނީ ތެލުގެ އަގު ބޮޑުކޮށްފައި

އެސްޓިއޯ އިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެ ކުންފުނިން މާރޗް 6 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮ ކުރަން އެސްޓީއޯ އިން ނިންމާފައިވަނީ މާދަމާ އިން ފެށިގެން ކަމަށާއި ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށް ބާޒާރުގައި ލިބެން ހުންނާނެ ކަމަށެވެ. އެހެންކަމުން ޑީސަލް ލީޓަރެއް 10.21 ރުފިޔާ އަށް ލިބިގެންދާއިރު ޕެޓްރޯލް ލީޓަރެއް 10.11 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ކުރިން ޑީސަލް އާއި ޕެޓްރޯލް ވިއްކަމުންދިޔައީ ލީޓަރަކަށް 10.41ރ ރޭޓުންނެވެ.

- ކޮމެންޓް