ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 09:21
ތިން ފަހަރެއްގެ މަތިން ނަތަންޔާހޫއި ފުލުހުންވަނީ ސުވާލުކޮށްފައި
ތިން ފަހަރެއްގެ މަތިން ނަތަންޔާހޫއި ފުލުހުންވަނީ ސުވާލުކޮށްފައި
ގޫގުލް
ނަތަންޔާހޫގެ ކޮރަޕްޝަން
ނަތަންޔާހޫއާ ދެކޮޅަށް ކުރީގެ ތަރުޖަމާނު ހެކިބަސް ދެނީ
މިހާރުވެސް 2 މައްސަލައެއްގެ ތަހުޤީގު ނިންމައި، ދައުވާކުރަން ވަނީ ފޮނުވާފައި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ތަހުގީގުގައި އެ މަނިކުފާނާއި ދެކޮޅަށް ހެކިބަސްދެއްވުމަށް އެ މަނިކުފާނުގެ ކުރީގެ މުވައްޒަފެއް އެއްބަސްވެ ވަޑައިގެންފިކަމަށް އެ ގައުމުގެ މީޑިއާތަކުން ހޯމަ ދުވަހު ބުނެފިއެވެ.

މި ޚަބަރު އައިސްފައިވަނީ ނަތަންޔާހޫ ވައިޓް ހައުސްއަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއިއެކު ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުމުގެ ކުރިންނެވެ.

ނަތަންޔާހޫއާ ދެކޮޅަށް ހެކިބަސްދިނުމަށް އިސްރާއީލުގެ އިދާރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ނަތަންޔާހޫ އާއިލާގެ ކުރީގެ ތަރުޖަމާނު ނިރް ހެފެޒް އެވެ.

މި އެއްބަސްވުމާބެހޭ އިތުރު ތަފްސީލެއް އިސްރާއީލުގެ އިދާރާތަކުން ނުދެއެވެ.

ނިރް އަކީ ނަތަންޔާހޫއާ ދެކޮޅަށް ހެކިބަސް ދިނުމަށް، މި ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެއްބަސްވި ތިން ވަނަ ފަރާތެވެ.

ނަތަންޔާހޫއާ ދެކޮޅަށް އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ހެކިބަސް ދެއްވުމަށް ނިންމަވާފައިވާކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް އެ ފަރާތުން ވަނީ އެކަން ދޮގު ކުރައްވާފައެވެ.

އިސްރާއީލުން އާދީއްތަ ދުވަހުވަނީ ހެފެޒް އަދި ނަތަންޔާހޫއަށް ރިޝްވަތު ދެއްވިކަމަށް ބުނެވޭ ޓެލެކޮމިއުނިކޭޝަން ކުންފުނީގެ ވެރިޔާ ޝައުލް އެލޮވިޗް 14 ދުވަހުގެ ޖަލު ބަންދަކަށްފަހު ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ހެފެޒްގެ މައްޗަށް ތުހުމަތުކުރެވެނީ އެލޮވިޗްގެ މުއާސަލާތީ ކުންފުނި ބެޒެގްއާއި ޚަބަރު ވެބްސައިޓެއްކަމަށްވާ ވައްލާއާއި ނަތަންޔާހޫގެ އާއިލާގެ ފަރާތުން އެ ދެތަނަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްދީފައިވާ ކަމަށެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައިވަނީ އިސްރާއީލުގެ މުވާޞަލާތީ ޚިދުމަތް ދޭ ކުންފުންޏަކުން ކޮންޓްރޯލްކުރާ ނޫހަކުން، ނަތަންޔާހޫގެ ޚަބަރުތަކަށް އިސްކަންދީ، އެމަނިކުފާނަށް 'ރަނގަޅު ކަވަރޭޖެއް' ދިނުމުގެ ބަދަލެއްގެ ގޮތުގައި، އެކުންފުންޏަށް ފައިދާ ވާގޮތަށް ޓެލެކޮމް ރެގިއުލޭޓަރީ އޮތޯރިޓީއިން ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

ހެފެޒްގެ މައްޗަށް އިތުރު ތުހުމަތެއްވެސް ކުރެވިފައިވާއިރު އޭނާގެ މައްޗަށްވަނީ އިތުރު ތުހުމަތެއްވެސް ކުރެވިފައެވެ. އެއީ ނަތަންޔާހޫގެ އަނބިކަނބަލުން ދައުލަތުގެ ފައިސާއިން ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ނުބަލައި ބްލޮކް ކޮށްލުމަށް ކުރީގެ ފަނޑިޔާރަކަށް ރިޝްވަތު ހުށަހެޅުއްވި މައްސަލައެވެ.

ކޮރަޕްޝަންގެ 2 މައްސަލައެއްގެ ތަހުޤީޤުކޮށް، ދައުވާ ކުރުމަށް އިސްރާއީލުގެ ބަންޑާރަ ނައިބުގެ އޮފީހަށް ފުލުހުން މިހާރު ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

4 ދައުރެއްގެ މަތިން އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަތަންޔާހޫ ވަނީ އަންނަ އަހަރު ފަހުކޮޅު ބާއްވާ އާއްމު އިންތިޚާބުގައި ވާދަކުރައްވައި، ފަސް ވަނަ ދައުރަކަށް ބޮޑުވަޒީރުގެ މަޤާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް