ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހުންނެވީ ނުގުޑާ ފަދަ އަޒުމެއްގައި ކަމަށާއި މިނިވަންވިހާ އަވަހަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުން ފެންނާނެ ކަމަށް މަހުލޫފްގެ އާއިލާއިން ބުނެފިއެވެ.
ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިން މަހުލޫފް ހައްޔަރުކުރި ފަހުން ލިބުނު ދެވަނަ އާއިލީ ބައްދަލުވުމަށް ފަހު މަހުލޫފް ގެ އަނބިކަބަލުން ނަޒުރާ ނަސީމް ވިދާޅުވީ ދޫނިދޫއަށް އާއިލާ ބައްދަލުވުމަށް ގޮސްފައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން އަމުރު ފެނުނު ކަމަށާއި، ހައްޔަރުކޮށްފައި ތިބި މީހުންގެ ފަރާތުން މަހުލޫފް ރައްޔިތުންނަން ސަލާމް ފޮނުއްވި ކަމަށެވެ.
Finished our second family visit. Insha Allah, Mahloof is very strong and waiting to get back to join all of you. Saw Shippe & Amru too. All of them are very strong:) conveyed regards to all of you. #freemahloof #FreeAllPoliticalPrisoners
— Nazu Naseem (@Nazunaseem) March 5, 2018