ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށައެޅުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިތުރުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯމަ ދުވަހު ނެރުނު އިއުލާނުގައި ވަނީ ގާނޫނީ ވަކީލެއްގެ ހައިސއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބާއްވާ ރަސްމިޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.
އެހެންނަކަމުން ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާއިދުގެ ޖަދުވަލު އެކެއްގައިވާ "ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރުމަށް ފަހު، ފޯމްގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު އޭޕްރީލް މަހުގެ 25 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައެޅުމަށް އެ އިއުލާންގައި ބުނެފަވެއެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ހުއްދައަށް އެދި މީގެ ކުރިން ފޯމް ހުށައަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.