ކުއްލި ނުރައްކަލިގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމު ބޭސްފަރުވާއަށް މާލެ ގެނެސްފި އެވެ.
ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ވޯމް އަޕް އެއްވުމުގެ ތެރެއިން ހައްޔަރުކުރި ޝަހީމް ބޭސްފަރުވާ އަށް ގެނެސްފައި ވަނީ އޭނާގެ ކޮނޑުހުޅު ނެއްޓިގެން ދިޔުމާއި ކަކޫ ދުޅަވެފައި ހުރުމުންނެވެ.
ޝަހީމުގެ އަނބިކަނބަލުން މިނާމް މުހައްމަދު ވިދާޅުވީ ފުލުހުން ޝަހީމަށް ފަރުވާ ދެނީ ފުލުހުންގެ ކްލިނިކް ނޫސަންދައިންނެވެ.
18 days without treatment and this is what the government of Maldives has reduced my husband @shaheeym to. He can barely walk. @hrcmv @GermanyinSL @USAmbKeshap @amnesty @OHCHRAsia @AkhileshIFS @UN_HRC @MDN_mv @EU_Maldives @JamesDauris pic.twitter.com/DJH99wsZ7G
— Minnu (@minaammohamed) March 5, 2018
މިނާމް ވިދާޅުވީ ޝަހީމުގެ ވާތު ފައިގެ ކަކުލުގައި މައްސަލައެއް މީގެ ކުރިން ދިމާވެ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް ޝަހީމަށް ކުރިން ރީތިކޮށް ހިނގޭ ކަމަށާއި ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން މިހާރު ޝަހީމަށް ރަނގަޅަށް ނުހިނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
18 days without treatment and this is what the government of Maldives has reduced my husband @shaheeym to. He can barely walk. @hrcmv @GermanyinSL @USAmbKeshap @amnesty @OHCHRAsia @AkhileshIFS @UN_HRC @MDN_mv @EU_Maldives @JamesDauris pic.twitter.com/DJH99wsZ7G
— Minnu (@minaammohamed) March 5, 2018
މިނާމް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޝަހީމާއި ބައްދަލުވި ކަމަށާއި އޭރުވެސް އޭނާއަށް ރަގަޅަށް ނުހިނގޭ ކަމަށެވެ.