ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ސަރަހައްދު ގުޅާލަން އަޅާ ބްރިޖްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ބްރިޖްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވާއިރު، އޯވަހެޑް ބްރިޖްތައް ހުންނާނެ ގޮތުގެ ޑިޒައިނެއް ހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީން ކުރި އިއުލާނެންގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް ފަސް ބުރިޖްއަޅަން ޖެހޭ ކަމަށެވެ. ފަސް ބުރިޖް އެޅުމަށް ޝައުގުވެރިވާ ފަރާތަކުން ބިޑް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުންޏެއެވެ.
އަދި މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން ލޯނު އެހީގެ ދަށުންނެވެ.