ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 17:07
އަލަށް އުފަންވާ ކުދިންގެ ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިސީސް ދެނެގަތުމަށް އެކުލަވާލެވިފައިވާ ނޭޝަނަލް ޕްރޮޓޯކޯލް އިފްތިތާހްކޮށްދެއްވަނީ
އަލަށް އުފަންވާ ކުދިންގެ ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިސީސް ދެނެގަތުމަށް އެކުލަވާލެވިފައިވާ ނޭޝަނަލް ޕްރޮޓޯކޯލް އިފްތިތާހްކޮށްދެއްވަނީ
ހެލްތު މިނިސްޓްރީ
ކުއްކި ނުރް2ކްލިހ3 ޙްލ
އަލަށް އުފަންވާ ކުދިންގެ ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިސީސް ދެނެގަތުމަށް އެކުލަވާލެވިފައިވާ ނޭޝަނަލް ޕްރޮޓޯކޯލް އިފްތިތާހްކޮށްފި
 
ފާއިތުވެދިޔަ ދެ އަހަރު 4820 ކުދިން ވަނީ އުފަންވެފައި

އަލަށް އުފަންވާ ކުދިންގެ ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިސީސް ދެނެގަތުމަށް އެކުލަވާލެވިފައިވާ ނޭޝެނަލް ޕްރޮޓޯކޯލް އިފްތިތާހްކޮށްފި އެވެ.

ދުނިޔޭގެ ބަރތު ޑިފެކްޓްސް ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ނެޝަނަލް ޕްރޮޓޮކޯލް އިފްތިތާހުކޮށްދެއްވާފައި ވަނީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި  ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ސަފީރު އަރްވިންދް މާތޫރު ވިދާޅުވީ، ކުދިން އުފަންވާއިރު  ދިމާވެފައި ހުންނަ ސިއްހީ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެކަމުން ސަލާމަތްވުމަށް ކުރިން އަޅަންޖެހޭ ފިޔަވަލުތައް އެޅުމަށް އިސްނަގައިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރެއްވުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

މިފަދަ ކަންކަމަށް އާއިލާތައް ހޭލުންތެރިކޮށް މާބަނޑު ދުވަސްވަރު ސިއްހީ ގޮތުން ފައިދާ ކުރާނެ ދިރިއުޅެއް އިހްތިޔާރު ކުރުމަށް ބާރު އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމަށް ޒުވާނުންވެސް ހޭލުންތެރިކުރުން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިކަމުން ސަމާލުވުމަށްޓަކައި މާބަނޑު މީހުންނަށް ފޯލިކް އެސިޑް ފަދަ ތަކެތި ނަގާ ކަން އެނގޭނެ ފަދަ ނިޒާމެއް އެކުލަވާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މި ފާއިތުވެދިޔަ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި ރާއްޖޭގައި 4820 ކުދިން އުފަންވެފައިވެފަ އެވެ. އޭގެ ތެރެއިން 21 ކުދިން ވަނީ އުފަންވީ އިރު ނިޔާވެފަ އެވެ. އުފަންވީ ކުދިންގެ ތެރެއިން 227 ކުދިން ސިއްހީ ގޮތުން ތަފާތު އެކި އުނިކަންކަމާއި ނުވަތަ ސިއްހީ މައްސަލަތައް ނުވަތަ ކުރިމަތިވެފައިވާއިރު ދުވަސް ނުފުރާވިހޭ ކުދިންގެ ތެރެއިން 37 ކުދިންގެ ތަފާތު ބަރތް ޑީފެކްޓްސް ނުވަތަ ސިއްހީ މައްސަލަތައް ފާހަގަކުރެވިފައިވެ އެވެ.

ދުނިޔޭގެ ބަރތު ޑީފެކްސް ދުވަސްގެ ގޮތުގައި ފާހަގަކުރަނީ މަރޗު ތިން ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް