ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 16:53
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް:- އޭނާ ދޫނިދޫގައި ގެންދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކުރަމުން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް:- އޭނާ ދޫނިދޫގައި ގެންދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކުރަމުން
ރާއްޖެއެމްވީ
ހައްޔަރުކުރި މީހުން
އަދުހަމް ބަނޑުހައިހޫނުގެ ހަޅުތާލެއްގައި
 
އޭނާ ޑިމާންޑްކުރަނީ ޑޮކްޓަރަށް ދައްކައިދޭން
 
އަދުހަމް ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް ދޫނިދޫގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެ އެވެ.

އަދުހަމްގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ އަދުހަމް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދަނީ އޭނާގެ ދަތުރުގެ ފަރުވާއަކަށް އެދުމުން އެކަން ކޮށްދީފައިނުވާތީ އެކަމަށް އެދިގެން ކަމަށެވެ.  އޭނާ ނުކައި ހުންނަން ފެށީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދުހަމް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި "ވޯމްއަޕް" މުޒާހަރާއަށް ތައްޔާރުވަމުންދަނިކޮށް އެމްޑީޕީގެ ހަރުގެ ތެރެއިންނެވެ.

އިދިކޮޅު ސިޔާސީ ގިނަ ބަޔަކު ފުލުހުން ހައްޔަރުކުރަމުންދާއިރު ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ގިނަ ބަޔަކު މިވަގުތުވެސް ދޫނިދޫގައި ހައްޔަރުކޮށްފައި އެބަ ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް