ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 14:46
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު
ރައީސް އޮފީސް
އޭލެވެލް ޓޮޕް 3
އޭ ލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 3 ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފި
 
މި ބައްދަލުކުރެއްވުމުގައި  މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ވަނީ ބައިވެރިވެވަޑައިގަންނަވާފައި

އޭ ލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 3 ދަރިވަރުންނާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ނަތީޖާ ހޯދައިގެން ސަރުކާރުން ދޭ ސްކޮލަރޝިޕް އެކުދިންނަށް ލިބުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިފަދަ ފަޚުރުވެރި ނަތީޖާއެއް ހޯދިކަމަށްޓަކާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް އެއޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ތަޢުލީމު ޙާސިލު ކުރި ކަމުގައިވިއަސް ޤައުމުގެ ޙާލަތާއިމެދު ވިސްނުމަށާއި، ޤައުމަށް ބޭނުންތެރިވާނެ ކަންތައްތަކާމެދު ވިސްނައި އެކަންތައްތައް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ. އަދި ޤައުމަށް ވަފާތެރިވުމަށާއި ޤައުމުގެ ނަމަށް ހުތުރުވާފަދަ ކަންތައްތަކަށް ވާގިދޭފަދަ އެއްވެސް ކަމެއްނުކުރުމަށް އެމަނިކުފާނުވަނީ ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިންކަމަށާއި އެ ތިން ކުދިންވެސް ކިޔަވައި ނިމިގެން ސަރުކާރަށް ޚިދުމަތްކުރުމަށް އިސްކަންދިނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
67%
33%
0%
ކޮމެންޓް