ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 14:13
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް!
 
މިއަދަށް ތާވަލުކޮށްފައި އޮތީ ހާޒިރުކުރާނެ ދިފާއީ ހެކިންގެ އަދަދާ މެދު ގޮތެއް ކަނޑައެޅުން
 
އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރޭ
 
އަޑުއެހުން ތާވަލުކޮށްފައި އޮތީ މެންދުރު 2:30 އަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.

ފާރިސްގެ ޝަރީއަތުގައި އާދިިއްތަ ދުވަހަށް ތާވަލުކޮށްފައި އޮތީ، ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން، ހާޒިރުކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކައި، ހާޒިރުކުރާނެ ހެކިންގެ އަދަދާ މެދު ގޮތެއް ކަނޑައެޅުމެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ، ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުކުރައްވާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި، ޕީޕީއެމްގެ ނަމުގައި އޭނާ ވާހަކަ ދައްކަވައި، ޝަހްސު އޮޅުވާލާފައިވާ ކަމަށް ދައުވާގައި ވެއެވެ.

މި މައްސަލައިގައި ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ. 

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރިޝްވަތު ދިނުމުގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ފާރިސް މިހާރު ވެސް ހުންނެވީ ބަންދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް