ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 12:10
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް: މިހާރު އެވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުއްވާފައި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް: މިހާރު އެވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުއްވާފައި
މިހާރު
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި
 
ޝަރީފަކީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް
 
ރައީސް ޔާމީން އިސްކޮށް އުންނަވާ އުފެއްދެވި ޕީއޭގައިވެސް އިސް ދައުރެއް އަދާކުރެއްވި
 
ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުއްރުވި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އައްޔަންކުރެއްވުމަށްޓަކައި ރުހުން ހޯދުމަށް އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޝަރީފްގެ ނަން މަޖިލީހަށް ހުށަހަޅުއްވައި، ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވުމަށްޓަކައި މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ އެއް ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު ހައްޔަން ކުރައްވާފައި ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމަށެވެ.

އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އޭނާ އަދާކުރެއްވެވި އެވެ.

ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް އުޅުއްވި އެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް ބަދަލުކޮށް، ސްލައިމާން އެންއައިސީ އަށް ބަދަލުކުރުމަށް ރާވާފައިވާ ކަމުގެ އަޑުތައް ވަރަށް ކުރިން ފެށިގެން ފެތުރިފައިވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް