ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 12:57
އިއްޒުއްދީން ފާލަން
އިއްޒުއްދީން ފާލަން
ރައީސް އޮފީސް
އިއްޒުއްދީން ފާލަން
އިއްޒުއްދީން ފާލަމާއި އެމްއެމްއޭ ސަރަހައްދަށް އުޅަނދުފަހަރު ގާތްކުރުން މަނާ!
 
އިއްޒުއްދީން ފާލަމާއި އެމްއެމްއޭ ސަރަހައްދަށް އާންމު އުޅަނދުތަކަށް ކައިރިއެއް ނުވެވޭ
 
ފާލަމަށް އާންމު އުޅަނދުތައް ދަނީ ކައިރި ކުރަމުން

އިއްޒުއްދީން ފާލަމާއި އެމްއެމްއޭ ސަރަހައްދަށް އާންމު އުޅަނދުފަހަރަށް ކައިރި ކުރުން ސަރުކާރުން މަނާކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އިއްޒުއްދީން ފާލަމާއި އެއް ނަންބަރު އަދި ދެ ނަންބަރު ފާލަމަކީ ވިޔަފާރި އުސޫލުން ހިންގާ ބެލެހެއްޓުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ފާލަމެއް ކަމަށެވެ. މިހާރަކަށް އައިސް ބައެއް އުޅަނދުފަހަރު ލަފާ ފުރުމުގައި އެ ސަރަހައްދުގެ ހުޅަނގަށްވާ އެއްގަމު ތޮށި ބޭނުން ކުރަމުން ގެންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ.

އިއްޒުއްދީންގެ ނަން މި ފާލަމަށް ދިނީ ސުލްތާން ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މިފާލަމުގެ ޑިޒައިން ކުރީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމްގެ ވިސްނުންފުޅަކަށް އެމްއެންޑީއެފްގެ އާކިޓެކްޓުންނެވެ.  ފާލަމުގެ މަސައްކަތްކޮށްފައިވަނީ  އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ރަސްމީ ފާލަން ޑިޒައިން ކޮށްފައިވަނީ ރިޔާ ނެގި ބައްތެއްޔެއް ދުރުން ފެންނަ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް