ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 10:42
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު މަޖީދީމަގުގައި ބޭއްވި އެއްވުމުގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު މަޖީދީމަގުގައި ބޭއްވި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީޕާޓީތައް
ރައްޔިތުންގެ ބޮޑު އެއްވުމެއް މާޗް 16 ގައި
 
މި އަނިޔާވެރިކަން ނިންމުމަށް އެންމެން ނިކުންނަން ޖެހޭ
 
ޚަރަދަށް ބަލާނޭ ކަމެއް ނެތް. އާދެވުނު ގޮތަކުން މާލެ އާދޭ
 
ހުރިހާ އެންމެން މާލެ އައުމަށް ވަނީ ގޮވާލާފައި

ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން ގޮވާލައި މާޗް 16 ވަނަ ދުވަހު ރައްޔިތުންގެ ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

މިހާރު ޖަރުމަނުވިލާތުގައި ހުންނެވި ޤާސިމް މިކަން އިއުލާން ކުރައްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން މަސައްކަތް ކުރަމުންދާކަމަށް ހާމަކޮށްފައި ވަނިކޮށެވެ.

ހޮނިހިރު ދުވަހުގެ ރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވުމަށް ރާވަމުންދާ ބޮޑު އެއްވުން މިމަހު 16 ވަނަ ދުވަހު ޕާޓީތަކުގެ އިސް ލީޑަރުން މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ. މި ބޮޑު އެއްވުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ އެއްވުމަށް ވީހާ ގިނަ ރައްޔިތުން މާލެ އެއްވުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ. އެއްވެސް ކަމަކަށާއި އެއްވެސް ހަރަދަކާއި މެދު އެއްވެސް ރައްޔިތަކު ވިސްވަނާނެ ކަމެއް ނެތް ކަމަށާއި އެމީހަކަށް އާދެވުނު ގޮތަކަށް 16 ވަނަ ދުވަހުގެ އެއްވުމަށް މާލެ އެރުމަށް އޭނާ ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ މި އަނިޔާވެރިކަން ނިންމުމަށް އެންމެން ނިކުންނަން ޖެހޭ ކަމަށާއި 16 ވަނަ ދުވަހުގެ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
86%
0%
7%
0%
7%
ކޮމެންޓް