ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 10:50
ޤާސިމް އިބްރާހީމް: ސަރުކާރަށް ވަރަށް ވަރުގަދަ ރައްދެއް ވަނީ ދީފައި
ޤާސިމް އިބްރާހީމް: ސަރުކާރަށް ވަރަށް ވަރުގަދަ ރައްދެއް ވަނީ ދީފައި
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހިމް
އަބްދުއްރަހީމް، ނިހާން، ޚަލީލް އަދި އަލީ އާރިފް ޖޭޕީއާ ގުޅެން އުޅުއްވި: ޤާސިމް
 
ޕީޕީއެމްއަކީ އުޅެވޭވަރު ތަނެއް ނޫނޭ ވަރަށް ގިނައިން ކިޔާފައި އެބަހުރި
 
އެއީ ރައީސް ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް"

ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅެން ވަރަށް ބޮޑަށް ބޭނުންވެގެން އުޅުނު ކަމުގައި ޖަރުމަނުވިލާތުގައި މިހާރު ހުންނެވި އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވީޓީވީ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޤާސިމް ވިދާޅުވީ ވިޔަފާރި ބަނގުރޫޓުވުގެ ސަބަބުން އެމަނިކުފާނު އިސްލާހީ ހަރަކާތްތަކާ ފެއަށް ޖެހިވަޑައިގެންފި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ޕީޕީއެމްގެ ބައެއް މެމްބަރުން ފަތުރަމުންގެންދަވާއިރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އަކީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް" ކަމަށެވެ.

ގާސިމާ ގުޅޭ ގޮތުން އެބޭފުޅުން ވާހަކަތައް ދައްކަވަމުން ގެންދަވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށާއި، އެ ވާހަކަ އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އަބްދުއްރަހީމާއި ނިހާނާއި ޚަލީލު އަދި އަލީ އާރިފާ ހަވާލާ ދެއްވައި ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ޕީޕީއެމްއަކީ އުޅެވޭވަރު ތަނެއް ނޫން އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޖޭޕީއަށް ބަދަލުވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން ދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އަބްދުއްރަހީމާއި ނިހާާނާއި ޚަލީލު އަދި އާރިފުގެ އެ ހުށަހެޅުއްވުން ބަލައި ނުގަންނަވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ "އެ ބޭފުޅުންނަށްވުރެ މާ ރަނގަޅު ބޭފުޅުން ޖުމްހޫރީ ޕާޓީގައި އެބަ ތިއްބެވި" ކަމަށެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންނަށް ނުހައްގުން އަނިޔާ ކުރަމުންދާ ސަރުކާރެއްގައި ދުވަހަކުވެސް ނުހުންނަވާނެ ކަމަށާއި، އިސްލާހަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ. ގާނޫނުއަސާސީގެ އިންތަކާއި މިންތަކުގެ ބޭރުން ކަންކަން ކުރާ ބަޔަކާއެކު ނޫޅުއްވާނެ ކަމަށާއި، ހައްގު ބަސް ވިދާޅުވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
33%
0%
0%
0%
67%
ކޮމެންޓް
4 މާރޗް 2018 | އާދީއްތަ 07:27
ދި މީހާ
ބުރުމާ = ޓްރަމްޕް