ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 00:44
ފާރިސްގެ އަނބިކަނބަލުން ލީޝިޔާ، މަހްލޫފް އަނބިކަނބަލުން ނަޒޫގެ ކައިރީގައި (ވައަތް ފަރާތުގައި)
ފާރިސްގެ އަނބިކަނބަލުން ލީޝިޔާ، މަހްލޫފް އަނބިކަނބަލުން ނަޒޫގެ ކައިރީގައި (ވައަތް ފަރާތުގައި)
ސޯޝަލް މީޑިއާ
ރައްޔިތުންގެ ބަދަލު
ފާރިސްގެ އަނބިކަނބަލުން ފުރަތަމަ ފަހަރަށް އިހުތިޖާޖަށް މަގުމައްޗަށް ނިކުމެވަޑައިގެންފި
 
ފާރިސްގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ
 
ފުރަތަމަ ފަހަރަށް އިހުތިޖާޖަށް ނުކުމެވަޑައިގެންނެވީ އުފަންދުވަހު
 
މިއީ ލީޝިއާ އިހުތިޖާޖަށް ނުކުމެވަޑައިގެން ފުރަތަމަ ފަހަރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ފުރަތަމަ ފަހަރަށް އިހުތިޖާޖު ކުރުމަށް މަގުމައްޗަށް ނިކުމެވަޑައިގެންފިއެވެ.

ގުޅިފައިވާ ސިޔާސީ ހަރަކާތުގައި އިސް ރޯލެއް އަދާކުރައްވަނިކޮށް ޖަލަށް ލާފައިވާ ފާރިސްގެ އަނބިކަނބަލުން ލީޝިޔާ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ ލީޝިޔާ މިފަދަ އިހުތިޖާޖަކަށް ނިކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެކަނަމާ އަލަށް އިހުތިޖާޖަށް ނުކުންނަވާފައިވަނީ އެކަމަނާގެ އުފަންދުވަހުއެވެ. 

އިހުތިޖާޖު ކުރުމަށް ލީޝިއާ މަގުމަށްޗަށް ނިކުންނެވިއިރު، ފާރިސްގެ މައްޗަށް ދައުލަތުގެ ދެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އެ މައްސަލަތަކުގެ ޝަރީޢަތް ކުރިއަށް އެބަދެއެވެ. މިވަގުތުވެސް ފާރިސް ހުންނެވީ އެއްވެސް ޝަރުއީ ހުކުމަކާއި ނުލައި ޖަލުގައެވެ. ފާރިސް ޖަލަށް ލާފައިވާއިރު، ބައްޕާފުޅު ރައީސް މައުމޫން އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމުގެ އިތުރުން، ރައީސް މައުމޫންގެ އަރިހުގައި އުޅުއްވާ ބައެއް އެހެން މީހުންވެސް މިވަގުތު ތިއްބެވީ ޖަލުގައެވެ. 

ފާރިސްގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާއިރު، ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާއެއްވެސް ދައުލަތުން ވަނީ ދާރިސްގެ މައްޗަށް އުފުލާފައެވެ. 

އެހުރިހާ ތުހުމަތުތަކަށް ފާރިސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި ފާރިސްގެ މައްޗަށް ދައުވާތައް އުފުލައި، ޖަލަށްލާފައިވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
63%
0%
21%
0%
16%
ކޮމެންޓް
9 މާރޗް 2018 | ހުކުރު 20:32
Kamana
Nazu men thibeylen v saadhaa. Ekamaku mi gamuge dheenee bappage dharinthah fenuneema ladhuganey. fen