ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 21:52
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ނިހާން ވާހަކަދައްކަވަނީ
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ނިހާން ވާހަކަދައްކަވަނީ
މުރުޝިދް އަބްދުލް ހަކީީމް
އެމެރިކާ ސަފީރު
އެމެރިކާގެ ސަފީރަށް ނިހާނުގެ ރައްދެއް!
 
ކެޝަޕް ގެންދަވަނީ ރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރައްވަމުން

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރާއްޖޭގައި މީހުން ހައްޔަރުކުރާ މިންވަރު އަވަސްކަމުން، ހައްޔަރުކުރެވޭ މީހުންގެ މައުލޫމާތު ދެނެވަޑައިގަންނަވަން ދަތިފުޅުވާ ހިސާބަށް ގޮސްފައިވާކަމަށް އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން އެމެރިކާގެ ސަފީރަށް ރައްދު ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ ރާއްޖޭގެ ޖަލުގައި ތިބެންޖެހޭ މީހުންގެ އަދަދު އެހެން ގައުމުތަކުގެ ސަފީރުންނަން އެނގިވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނިހާން އެގޮތަށް ވިދާޅުވީ ޤާނޫނީ ގޮތުން އިންތިޚާބު ކުރެވިފައިވާ ކިތައް މަޖިލިސް މެމްބަރުންނާއި ޤާނޫނީ ގޮތުން އައްޔަން ކުރެވުނު ސަރުކާރުގެ ކިތައް މުވައްޒަފުން ބަންދުކޮށްފައި އެބަތިބިތޯ ސުވާލު އުފައްދަވައި އެމެރިކާގެ ސަފީރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވުމުންނެވެ.


ނިހާން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން ޖަލުގައި ތިއްބެވީ އެކި ކުށްކުށުގެ ތުހުމަތުގައި ނުވަތަ އެކި ކުށްތައް ސާބިތުވެގެން ޖަލަށް ލާފައިވާ ފަރާތައް ކަމަށެވެ. ޖަލު ބަންދުގައި އިދިކޮޅު ހަރަކާތްތަކަށް ތާއީދު ކުރާ ފަރާތައް ނޫން އެތައް ސަތޭކަ ބަޔަކު އެބަތިބި ކަމާއި އެ އެންމެން ދޫކޮށްލަން ގޮވައި ނުލަނީ ކީއްވެގެންތޯ ނިހާން ވަނީ ސުވާލު އުފައްދާ ވާހަކަ ދައްކަވައިފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އާއްމު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ އެމެރިކާގެ ސަފީރު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން މަޖީދީ މަގުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހައްޔަރުކުރުމުންނެވެ.

އެހެންނަމަވެސް ހޮނިހިރު ދުވަހު އަބްދުﷲ ޝާހިދާ ، ލަތީފް ދޫކޮށްލާފައިވާއިރު، އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
40%
47%
13%
ކޮމެންޓް