ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 18:32
ހޮނިހިރު ދުވަހު ހަވީރު ބޭއްވި އިހްތިޖާޖްގެ ތެރެއިން
ހޮނިހިރު ދުވަހު ހަވީރު ބޭއްވި އިހްތިޖާޖްގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖީދީމަގުގައި އިހްތިޖާޖްކޮށްފި
 
އިހްތިޖާޖްގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
 
އިހްތިޖާޖްގެ ބައިވެރިންނަން ހުރަސް އަޅާފައި ވަނީ މަޖީދީ މަގު އަތަމާ ޕެލަސް ކުރުމަތިން
 
އިހްތިޖާޖް ނިންމާލައިފައި ވަނީ މިރޭ ކުރިއަށް ގެންދާނެކަން އިއުލާން ކުރުމަށް ފަހު

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމްކޯޓްގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުއްވި އަމުރު ތަންފީޒް ކުރުމަށް ގޮވާލައި މަޖީދީ މަގުގައި އިހްތިޖާޖް ކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު މަޖީދީމަގުގައި ބޭއްވި އިހުތިޖާޖު ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ މަޖީދީމަގާއި ޗާންދަނީ މަގު ހަތަރު އަގޮޅިވާ ކަންމަތީގައެވެ. އެ ސަރަހައްދަށް އެއްވި އާންމުން މަޖީދީމަގުން އެމްޑީޕީ ހަރުގެ އާއި ދިމާއަށް ދިއުމަށް ހިނގައިގަތުމާއި އެކު މަޖީދީމަގު އަތަމާ ޕެލަސް ކުރިމަތިން ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން މުޒާހަރާ ނިންމާލާފައި ވަނީ މިރޭ 8:30 ގައި އިހްތިޖާޖް ކުރިއަށް ގެންދާނެކަން އިއުލާން ކުރުމަށް ފަހުގައެވެ. މިއަދުގެ އިހްތިޖާޖު ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

އިދިކޮޅު ފަރާތްތަކުން އިންތިޒާމު ކޮށްގެން ހުކުރު ދުވަހު ހަވީރު ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ ބައިވެރިވެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
89%
0%
11%
0%
0%
ކޮމެންޓް