ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 17:34
ހުކުރު ދުވަހު ބޭއްވި އެެއްވުމުގެ ތެރެއިން
ހުކުރު ދުވަހު ބޭއްވި އެެއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ގުޅިފައިވާ އިދކޮޅު ޕާޓީތައް
އެއްވުންތަކުގައި ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ފުލުހުން އަތޮޅުވެހިން ނުދޭ: ނާޒިމް ސައްތާރު
 
މި އެއްވުމުގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާ
 
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ވަނީ ބޮޑު އެއްވުމެއް ބާއްވާފައި

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ފުލުހުން އަތޮޅުވެހިން ނުދޭ ކަމަށް ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ހައްޔަރު ކުރެވޭ މީހާގެ ވަކީލެއްގެ ގޮތުގައި އައްޔަނު ވެވެނީވެސް ހައްޔަރުގައިވާ މީހާ ނުވަތަ އެމީހާގެ އާއިލާއިން ވަކި ވަކީލަކު އައްޔަނުކޮށްދިނުމަށް އެދުމުން ކަމަށެވެ. އަދި ހައްޔަރުގައިވާ މީހާ ވަކި ވަކީލެއް ހަމަޖައްސައިދިނުމަށް އެދިފައިވަނިކޮށް އެހެން ވަކީލަކަށް އެމީހާ އަށް އައްޔަންނުވެވޭ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން މަޖީދީމަގުގައި ހުކުރު ދުވަހު ބޭއްވި އެއްވުމުގައި އެކަނިވެސް 17 މީހުން ހައްޔަރު ކޮށްފައިވެއެވެ. އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި އަދި ގާނޫނު އަސާސީން ލިއްބައިދޭ އަސާސީ ހައްގުތަކަށް ލިއްބައިދިނުމަށް އެދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކުވެސް ހައްރުކޮށްފައިވެއެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކާއި އެމަނިކުފާނު ހިންގަވާ އަމަލުތަކާ ގުޅިގެން ހިންހަމަނުޖެހުން ފާޅުކޮށް، މަގުތަކުގައި މުޒާހަރާ ކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީން ހިންގެވި ކަމަށް ބުނާ ޣައިރު ގާނޫނީ ކަންތައްތަކާ ގުޅިގެން މުޅި ރާއްޖޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ 31 ދުވަސް ވަނީ ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް