ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 10:49
މެކްސިކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ރޮބަރޓާ ޖެކޮބްސަން
މެކްސިކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ރޮބަރޓާ ޖެކޮބްސަން
ލަ ރަޒޯން
އެމެރިކާ - މެކްސިކޯ
މެކްސިކޯގައި ހުންނަވާ އެމެރިކާގެ ސަފީރު އިސްތިޢުފާ ދެއްވަނީ
މަޤާމުން ވަކިވެވަޑައިގަންނަވާނީ މޭމަހުގެ 5 ވަނަ ދުވަހު

މެކްސިކޯގައި ހުންނަވާ އެމެރިކާގެ ސަފީރު ރޮބަރޓާ ޖެކޮބްސަން މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވައިފިއެވެ.

އެމެރިކާ އާއި މެކްސިކޯއާ ދެމެދު އޮންނަ ސިޔާސީ ގުޅުން އިންތިހާއަށް ހީނަރުވެފައިވާ މި ދަނޑިވަޅުގައި އެކަމަނާ އިސްތިޢުފާ ދެއްވަން ނިންމަވާފައިވާއިރު، ރައީސް ޑޮނާލްޑް ޓްރަމްގެ ޚާރިޖީ ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ގިނަ ފަރާތްތަކެއް ދަނީ އިސްތިޢުފާ ދެއްވަމުންނެވެ.

އެމްބަސީގެ ސްޓާފުންނަށް ފޮނުއްވެވި މެސެޖެއްގައި ރޮބަރޓާ ވިދާޅުވީ އެކަމަނާ ރަސްމީކޮށް މަޤާމުން ދުރުވެވަޑައިގަންނަވާނީ އަންނަ މޭ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހަކީ އެކަމަނާ އެ މަޤާމަށް އައްޔަނުކުރެވުނުތާ ދެއަހަރު ފުރޭ ދުވަހެވެ.

އެމެރިކާގެ ސަރުކާރަށް 31 އަހަރު ވަންދެން ޚިދުމަތްކުރައްވާފައިވާ ރޮބަރޓާ، މުވައްޒަފުންނަށް ފޮނުއްވެވި މެސެޖުގައި ވަނީ އެކަމަނާ ނިންމެވި ނިންމެވުމަކީ އުނދަގޫ ނިންމެވުމެއް ކަމަށާއި، މި ދަނޑިވަޅަކީ އެމެރިކާ އާއި މެކްސިކޯގެ ގުޅުން ރަނގަޅުކުރުން މުހިއްމު ދަނޑިވަޅެއް ކަމުގައިވެ އޮވެ، އެގޮތަށް ކަން ނުހިނގުމަކީ އެ ހިތާމަ އިތުރުވެގެންދާ ސަބަބެއް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޮބަރޓާ މަޤާމު ދޫކޮށްލައްވަން ބޭނުންފުޅުވާކަން ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަންއަށް އަންގަވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުއެވެ.

ރޮބަރޓާ އިސްތިޢުފާދެއްވަން ނިންމަވާފައިވާއިރު، ރައީސް ޓްރަމްޕް މެކްސިކޯއާ މެދު ގެންގުލުއްވާ ސިޔާސަތުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް