ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުންވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުންވެފައިވާއިރު، ސުޕްރީމް ކޯޓުގެ ވެބްސައިޓަށް ވަނުމުން އަރާ މެސެޖްގައި ވަނީ ވެބްސައިޓް ވަގުތީ ގޮތުން ޑައުންވެފައިވާ ކަމަށެވެ. މިކަމާއި ގުޅޭ ގޮތުން ޖުޑިޝަރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތައް ރައްޔިތުންނާއި ހަމަޔަށް ގެނެސްދީ، ކޯޓުން އާއްމުކުރާ މައުލޫމާތު ހާމަކުރަނީ ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށެވެ.