ވިލިމާލޭ ގެއެއްގައި އަލިފާނުގެ ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފެށި އެވެ.
މިހާދިސާ ހިނގިކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ 02:19 ގަ އެވެ.
ރޯވެފައިވަނީ މީހުން ނޫޅޭ ގެއެއްގައި ކަމަށް އެމްއެންޑިއެފް އިން ބުނެ އެވެ. އަދި 4:00 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑިއެފް އިން ބުނީ ރޯވެފައިވަނީ ވިލިމާލެ ކުނިގޮނޑު ސަރަހައްދު ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ.