މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަޒްރާ މޫސާ ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަޒްރާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކޮށްފައިވާއިރު އެމްޑީޕީ އިން ބުނީ އަޒްރާގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ބަހައްޓާފައި ހުރީ ދޫނިދޫގައެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ރޫޅާލައި އިތުރު މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް އެމީހުން ވަނީ ފަހުން ދޫކޮށްލާފައެވެ.
އިދިކޮޅު ސިޔާސީ އެއްވުންތަކުގެ ތެރެއިން މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވީ ނަމަވެސް ފަހުން ވަނީ ބައެއް މީހުން ދޫކޮށްލާފައެވެ. އަދި ހައްޔަރުކުރި މީހުންގެ މައްޗަށް ޖިނާއީ ތުހްމަތުކޮށް ފުލުސް އޮފީހަށް ވެސް ހާޒިރުކުރަމުންދެއެވެ.