ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަމީތު ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ މިރޭ 21:00 އަށެވެ. އަދި އބުޅޯ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިރޭ 22:00 އަށެވެ. އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރު ކުުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައި ވަނިކޮށް، މިމަހުގެ 26 ވަނަ ދުވަހު މާލެތެރޭގެ ބަޔަކު އިސްނަގައިގެން މާލެތެރޭގެ އަމަން އަމާންކަން ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށް، މާލެ ތެރޭގެ އެކި ސަރަހައްދުތަކަށް އެއްވެ، އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މުޒާހަރާކޮށް ފުލުހުންގެ ދައުރަށް ހުރަސްއަޅާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވަނީ ބުނެފައެވެ.
މިދިޔަ ހޯމަދުވަހުގެރޭ މި ދެ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ އަންގާރަދުވަހުގެ ރެއެވެ.
SoE Flu.!!! YAMEEN ASAASEE In Haaziru Vumah Angaa Chit. Dhakkaa Birakah Nusiheyne.!!! pic.twitter.com/ICe6TYkO5l
— عبدالله أحمد (@AblhoMP) February 28, 2018