ކ. މާލެ
|
28 ފެބްރުއަރީ 2018 | ބުދަ 12:24
އޫރީދޫގެ މެޖިކް ޕެކް
އޫރީދޫގެ މެޖިކް ޕެކް
އުރީދޫ
އުރީދޫ މެޖިކް ޕެކް
މެޖިކް ޕެކްތަކާއި އެކު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް އަދި ބޯނަސް ޑޭޓާ!
މެޖިކް ޕެކްގެ ދެ ޕެކް ވަނީ ތައާރަފުކޮށްފައި

ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ފަސޭހަ ގެނެސްދޭ ތަފާތު ދެ އެޑް-އޮން ތަކެއް އުރީދޫ އިން ކަސްޓަމަރުންނަށް ތައާރަފް ކޮށްފިއެވެ.

އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް، އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ ޕްރޮޑަކްޓުތަކަށް ނުވަތަ ޑިޖިޓަލް ޚިދުމަތްތަކަށް ބަލާލިކަމުގައި ވިޔަސް، އުރީދޫ އިން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނުވައިދޭ އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މިގޮތުން މި ތައާރަފްކުރެވުނު އައު، އަދި ވަރަށް ތަފާތު ދެ ޕެކް ބޭނުންކޮށްގެން، ހެޔޮއަގުގައި ގިނަ ފައިދާތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

 ތައާރަފްކުރެވުނު މެޖިކް ޕެކްތަކުގެ ތެރޭގައި ހިމެނެނީ:

  • މެޖިކް އަންލިމިޓެޑް 102

އުރީދޫގެ އަންލިމިޑްޓް ޕޯޓްފޯލިއޯ އަށް އަލަށް އިތުރު ކުރެވުނު މެޖިކް އަންލިމިޓެޑް ޕެކް މެދުވެރިކޮށް، އެންމެ 102 ރުފިޔާ އަށް، އުރީދޫ ނެޓްވަރކް ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލާ ގުޅޭނެއެވެ. އަދި މި ޕެކްގެ އެހީގައި، 30 ދުވަހުގެ މުއްދަތަށް، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ބޭނުން ވަރަކަށް ގުޅާލެވޭނެއެވެ.

ޕެކް ޚިޔާރުކުރެއްވުމަށް، "102" ޖެއްސެވުމަށް ފަހު 1111 އަށް މެސެޖް ފޮނުއްވުމުން އެ އެޑް-އޮން އެކްޓިވޭޓް ވެގެންދާނެއެވެ.

  • މެޖިކް ޑޭޓާ 202

މެޖިކް ޑޭޓާ 202 މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް، 2 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ޓްވިޓަރ ލިބުމުގެ އިތުރުން، ސަތޭކަ ޕަސަންޓް ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތު ވެސް ލިބެއެވެ. މިގޮތުން މެޖިކް ޑޭޓާ 202 މެދުވެރިކޮށް ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު، ޕެކް ޚިޔާރުކުރުމުގެ ކުރިންވެސް ބަލާލުމަށް، *200*202# އަށް ޑައިލްކޮށްލެވޭނެއެވެ.

މި ޚާއްޞަ ޕެކް އާއި އެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާ އަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރީގެ ރޭޓުންނެވެ.

ޕެކް ޚިޔާރުކުރެއްވުމަށް، "202" ޖެއްސެވުމަށް ފަހު 5555 އަށް މެސެޖް ފޮނުއްވުމުން އެ އެޑް-އޮން އެކްޓިވޭޓް ވެގެންދާނެއެވެ.

މި ޕެކްތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

- ކޮމެންޓް