ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 13:17
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
އަޒުމޫން އަހުމަދު
މީރާ
ޖެނުއަރީ މަހުގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ދެއްކުމުގެ މުއްދަތު މާދަމާ ހަމަވާނެ
މީރާ އިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށްވެސް ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި

ޖެނުއަރީ މަހުގެ ޖީއެސްޓީ ބަޔާނާއި ފައިސާ އަދި ގްރީން ޓެކްސް ބަޔާނާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

އެ އޮތޯރިޓީގެ ވެބްސައިޓްގައި ބުނެފައިވަނީ ސުންގަޑީގެ ކުރިން ޖީއެސްޓީ އަދި ގްރީން ޓެކްސް ދައްކާ ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށްވެސް ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ މީރާގެ ސަރަހައްދީ އޮފީސްތައް މެދުވެރިކޮށްވެސް އެ ސަރަހެއްދެއްގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ޓެކްސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މީރާއަށް ލިބިފައިވާ 2.2 ބިލިއަން ރުފިޔާއަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު 0.02 އިންސައްތަ ކުރިއެރުމެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާއިން އަންދާޒާ ކުރި މިންވަރަށް ވުރެ 10.7 އިންސައްތަ އިތުރު އަދަދެކެވެ.

- ކޮމެންޓް