ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 10:36
އަސްކަރިއްޔާގެ ވެރިޔާގެ އިތުރުން ކޮމާންޑަރުންތަކެއްވެސް ވަނީ ވަކިކޮށްފައި
އަސްކަރިއްޔާގެ ވެރިޔާގެ އިތުރުން ކޮމާންޑަރުންތަކެއްވެސް ވަނީ ވަކިކޮށްފައި
ގެޓީ އިމޭޖަސް
ސައުދީ އަސްކަރިއްޔާގެ ބަދަލު
ސައުދީގެ އަސްކަރިއްޔާގެ ވެރިޔާ މަގާމުން ވަކިކޮށްފި
ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގައި ފެށި ހަނގުރާމަ ނުނިމޭ
އަސްކަރިއްޔާއަށް ބަދަލު ގެނެވުނު ސަބަބެއް ހާމައެއް ނުކުރޭ

މެންދަމުގެ ވަގުތުގައި ނެރުނު ޝާހީ ގަރާރަކުން ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާގެ ވެރިޔާއާއި އިސް އިތުރު ކޮމާންޑަރުންތަކެއް މަގާމުން ވަކިކޮށްފިއެވެ.

ސައުދީގެ ރަސްގެފާނު ސަލްމާނު ވަނީ އެއްގަމުގެ ސިފައިންގެ  ވެރިޔާގެ މަގާމަށް ވެސް ބަދަލު ގެންނަވާފައެވެ.

ސައުދީގެ ރަސްމީ ނޫސް އޭޖެންސީ ސައުދީ ޕްރެސް އޭޖެންސީއިން މި ޚަބަރު ރިޕޯޓް ކޮށްފައިވާއިރު މަގާމުތަކަށް ބަދަލުގެނެވުނު ސަބަބު ހާމަކޮށްފައެއްނުވެއެވެ.

ސައުދީގެ އަސްކަރިއްޔާއަށް މި ބަދަލުތައް ގެނެސްފައި މިވަނީ ސައުދީ އިސްވެ އޮވެ ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށް ނިމުމެއް ނައިސް ތިންވަނަ އަހަރު ނިމުމަކާއި ގާތްވެފައިވަނިކޮށެވެ.

މި ފަހަކަށް އައިސް ސައުދީގައި ގެނެވެމުންދާ ބަދަލުތަކުގެ ފަހަތުގައި ހުންނެވީ ވަލީއަހުދު އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ބިން ސަލްމާންއެވެ.

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް