ފުލުހުންނާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން ދެކޮޅަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ)އަށް ހުށައެޅި ދެ މައްސަލައެއް އެ ކަމިޝަނުން ބަލައިގެންފިއެވެ.
ޖޭޕީން އެންއައިސީއަށް ހުށައަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއާއި 22 ވަނަ ދުވަހުގެ ރޭގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުން ހުއްޓުވުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށް ބުނާ ދެ މައްސަލައެވެ.
ޖޭޕީގެ އަމީން އާންމު އަހުމަދު ސަމީރު ސޮއިކުރައްވާ ހުށައަޅާފައިވާ ދެ ސިޓީގައި ވަނީ ފުލުހުން ހިންގާފައިވާ އަމަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބައްލަވައި އިންސާފު ގާއިމުކޮށްދިނުމަށް އެދިފައެވެ.
Fulhun qaanoonaa hilaafah kuramundhaa aniyaa thakuge mahsala NIC in balaigenfi @qasimibrahim @vaavu @raajjemv @Mihaarunews pic.twitter.com/8siJK9Ju1H
— Jumhooree Party (@Jumhooree_MV) February 26, 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވާމުންދާ މުޒާހަރާތަކުގެ ތެރެއިން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކުނޫޒަށް ވަދެ ފުލުހުން ޕެޕަސްޕްރޭ ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވި މީހާ މިހާރުވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އެއްވުމުން ހައްޔަރުކުރާ މީހުންނަށް ފުލުހުން އަނިޔާކުރާ ވީޑިއޯ ވެސް ވަނީ ލީކްވެފައެވެ.