ކ. މާލެ
|
26 ފެބްރުއަރީ 2018 | ހޯމަ 14:34
ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސެނާ އާއި އެޤައުމުގެ ބޮޑުވަޒީރު ރަނިކް ވިކްރަމަސިންގެ
ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސެނާ އާއި އެޤައުމުގެ ބޮޑުވަޒީރު ރަނިކް ވިކްރަމަސިންގެ
ގޫގުލް
އަޓަނަޔަކެ ފްރޯޑް ކޭސް
އަޓަނަޔަކެ ފްރޯޑް ކޭސް: ކޯޓަށް ހާޒިރުވުމަށް ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލްއަށް އަމުރުކޮށްފި
ހާޒިރުކުރަނީ އަޓަނަޔަކެ އާއި ދެކޮޅަށް ހެކިބަސް ނެގުމަށް

ސްރީލަންކާގެ ހައިކޯޓަށް ޙާޒިރުވެވަޑައިގަތުމަށް ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސެނާ އާއި އެޤައުމުގެ ބޮޑުވަޒީރު ރަނިކް ވިކްރަމަސިންގެއަށް އެ ކޯޓުން އަމުރު ކޮށްފިއެވެ.

ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ލަންކާގެ ހައިކޯޓަށް ހާޒިރުކުރަނީ، ސްރީލަންކާގައި 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފޭކް ޑޮކިއުމެންޓެއް އާންމުކުރި މައްސަލައިގައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ޓިއްސާ އަޓަނަޔަކެގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި ހެކިބަސްދެއްވުމަށެވެ.

ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގައި ހުންނެވުމަށް ފަހު، އިންތިޚާބާއި ދިމާކޮށް، ޔޫއެންޕީއިން ވަކިވެވަޑައިގެން އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ފަހަތަށް ވަޑައިގެންނެވި އަޓަނަޔަކަ އާއި ދެކޮޅަށް ދައުވާކޮށްފައިވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ ގުޅިފައިވާ އިދިކޮޅު ކެނޑިޑޭޓް، ސިރިސޭނާ އާއި ރަނިލް އެކިއެކި ބޭފުޅުންނާއިއެކު ސިއްރު ޑީލްތައް ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އާންމުކުރެއްވި ޑޮކިއުމެންޓަކާއި ގުޅިގެންނެވެ.

އަޓަނަޔަކެ އެ ޑޮކިއުމަންޓް އާންމުކުރެއްވުމާއި ގުޅިގެން އޭގައި ހިމެނޭ ސޮއިތަކަކީ ވަގު ސޮއިތަކެއް ކަމަށް ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ހެކިބަސް ނެގުމަށް މިދިޔަ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު ވެސް ތާވަލް ކުރިނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ހައިކޯޓުން މިހާރު ނެރެފައިވާ އަމުރުގައި ވަނީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ހެކިބަސް ދެއްވުމަށް މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ހާޒިރުވެވަޑައިގަތުމަށެވެ.

- ކޮމެންޓް