ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެއްވެސް ކަމަކަށް ބަލި ބަޔެއް ނޫން ކަމަށާއި، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުން ނުކުރައްވާކަމެއް އިދިކޮޅު ޕާޓީތަކުގައި ތިއްބެވި ބޭފުޅުން ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނަކީ އާ ބަޔެއް ނޫން ކަމަށެވެ. އެގޮތުން މަޖިލީހަށްވެސް އެ ބޭފުޅުން އާ ނުވާނެކަމަށާއި، ސަރުކާރުގައި ތިއްބެވި ބޭފުޅުން ނުކުރާކަމެއް މަޖިލީހުގެ ތެރެއިންވެސް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުން ނުކުރާކަމެއް މަގުމަތިންވެސް ކޯޓުތަކުގެ ތެރެއިންވެސް ނުކުރާކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މިއަދަކީ ނާންނާނެ ދުވަހެއްކަމަށް އޭނާ އުއްމީދުވެސް ނުކުރާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ނުކުރާނެކަމަށް އުއްމީދުކުރިކަމެއްވެސް އިދިކޮޅު ފަރާތްތަކުންކޮށްފައިނުވާކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭގެއިތުރުން ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ ޤާބިލްކަންވެސް ލިބިފައިވަނީ ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނަށްކަމަށާއި ސަރުކާރު ވައްތާލުމަކީ ކުރެވޭނެކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްދެންވެސް އަތުވެއްޖެނަމަ، އެ ވެރިކަމެއް ވައްޓާލާނެކަމަށް ވިދާޅުވާ ވިދާޅުވުން ރިޔާޒް ވަނީ ތަކުރާރުކުރައްވާފަ އެވެ.
ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެތަށް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ހިމެނިވަޑައިގަނއްވަ އެވެ.