ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓް ކެންސަލްވީ ލަންކާ އެއާޕޯޓުން ފުރަން އޮތް ފްލައިޓްތަކެއް ލަސްވުމުގެ ސަބަބުންކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ކަށަވަރުވެފައިގާ ގޮތުގައި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓްގެ ކެޕްޓަން އެ ފްލައިޓް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުލިބުނު ކަމަށް އިއުލާނުކޮށްފައިވަނީ އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ފްލައިޓް ޑިލޭވެފައިވަނީ ލަންކާ އެއާޕޯޓްގައި ފުރަން އޮތް ފްލައިޓްތަކެއް ލަސްވުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެއެމްވީއަށް ފުރަތަމަ މައުލޫމާތު ދެއްވަމުން ހައިރައިޒްގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ ކޮލަމްބޯއިން މާލެ އައުމަށް ތާވަލްކޮށްފައި އޮތް ސްރީ ލަންކަން އެއާލައިންގެ ފްލައިޓް ދޮޅު ގަޑިއިރަށް ޑިލޭވުމަށްފަހު، ފްލައިޓް ޖެއްސުން މަނާކޮށްފައިވާކަމަށް ކެޕްޓަން އިއުލާނުކުރި ކަމަށެވެ. އެކަމުގައި ކެޕްޓަން ކުރާނެ އެއްވެސްކަމެއް ނެތްކަމަށާއި، ވެލާނާ އެއާޕޯޓަށް ޖެއްސުމަށް ތަކުރާރުކޮށް އެދުމުންވެސް ރާއްޖެއިން ހުއްދަދީފައިނުވާ ކަމަށް ކެޕްޓަންއާ ހަވާލާ ދެއްވައި އިއްސެ ވިދާޅުވި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން ހެދުނު 06:00 އާ ހަމަޔަށް އިތުރު މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެއާޕޯޓް ބަންދުކުރެވޭނެ ކަމަށް ހުރިހާ އެއާލައިންތަކަށް އަންގާފައިވާ ކަމަށެވެ.
Please be informed that effective from 31 March 2016 to 30 September 2018 a NOTAM has been released informing all the airlines that @VelanaAirport will be closed every night from 0000hrs to 0600hrs for developmental works. pic.twitter.com/FXfQEm5UBk
— MACL (@MACLmedia) February 25, 2018
އޭނާ ވިދާޅުވީ ފްލައިޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިންވެސް ތިބި ކަމަށާއި އެ އެންމެންވެސް ތިބީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ.
ސްރީ ލަންކަންގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނުޖެއްސޭނެކަން ކަށަވަރުވުމާއެކު ދެ ގަޑިއިރަށް ފަހުން ޕަސެންޖަރުން އެ ފްލައިޓްއިން ބޭލި އެވެ.