އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލްގެ އަހުމަދު އަލީ އިސްތިއުފާ ދެއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވާފައިވާ އިރު އެ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން ވެސް ވަނީ ޖެނުއަރީ 31 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ސުލައިމާން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ގުޅިފައިވާ ޕާޓީތަކުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒު ކުރަމުންނެވެ.