ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 22:10
ރެޑްވޭވްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ރެޑްވޭވްގެ އާ ފިހާރަ ހުޅުއްވައިދެއްވަނީ
ރެޑްވޭވްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ރެޑްވޭވްގެ އާ ފިހާރަ ހުޅުއްވައިދެއްވަނީ
ސިމާހާ ނަސީމް
ރެޑްވޭވްގެ މެގަ މޯލް
ރެޑްވޭވްގެ މެގަ މޯލް ހުޅުމާލޭގައި ހުޅުވަނީ
މިއީ ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު މޯލް
އެއްފުރާޅެއްގެ ދަށުން ހުރިހާ ވައްތަރެއްގެ ސަމާނު ލިބިގެންދާނެ
ހުޅުވަން މަސައްކަތްކުރަނީ ރޯދަމަހަށް

ރާއްޖޭގައި ރިޓެއިލް ވިޔަފާރީގައި އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ ރެޑްވޭވް އިން ވަރަށް އަވަހަށް ހުޅުމާލޭގައި މެގަ މޯލްއެއް ހުޅުވާނެ ކަމަށް އެފަރާތުން ބުނެފިއެވެ.  

ރެޑްވޭވްގެ ފަރުނީޗަރު ފިހާރަ "ރެޑްވޭވް ލިވިންގް" ފިހާރަ ހުޅުވައިދެއްވަމަށް ފަހު ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ތާރީހުގައި ހުޅުވިގެންދާނެ އެންމެ ބޮޑު އެއް މޯލް ކަމަށާއި މި މޯލް ހުޅުވާއިރު އެންމެ ބޮޑަށް ފޯކަސްކުރަނީ އެ ތަނުގައި ހަދާ ސުޕްމާޓަށް ކަމަށެވެ.

މެގަ މޯލްއަކީ ހަތަރު ފްލޯގެ މައްޗަށް އެކުލެވިގެންވާ މޯލްއަކަށްވާއިރު ބަދިގެ ސާމާނަށް ވަކި ހާއްސަ ފްލޯއަކާއި ފަރުނީޗަރަށް ވަކި ހާއްސަ ފްލޯއެއް ހުންނާނެ ކަމަށް ވެސް ރެޑްވޭވް އިން ވަނީ ބުނެފައެވެ.

ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހަށް އެތަން ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިތަނުގެ ސަބަބުން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނުން ލިބިގެންދާނެ މަގުފަހިވެގެންދާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. 

ރެޑްވޭވްއަކީ ގޭތެރެއަށް ބޭނުންވާ ތަފާތު ސާމާނު ވިއްކަމުން އަންނަ އަދި ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. ހުޅުމާލޭގައި މިހާރު ވެސް ރެޑްވޭވްގެ ބޮޑު ސުޕަމާޓެއް ހުރެއެވެ. 

 

- ކޮމެންޓް