ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 22:33
ރެޑްވޭވް ލިވިންގް ފިހާރަ
ރެޑްވޭވް ލިވިންގް ފިހާރަ
ސިމާހާ ނަސީމް
ރެޑްވޭވް ލިވިންގް
ރެޑްވޭވް ލިވިންގްގެ ނަމުގައި ފަރުނީޗަރު ފިހާރައެއް ހުޅުވައިފި
އެމްއެފްއެލްސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް އިންސްޓޯލްމަންޓަށް ނެގޭ

ރޭޑްވޭވް އިން "ރެޑްވޭވް ލިވިންގް" ގެ ނަމުގައި އާ ފަރުނީޗަރު ފިހާރައެއް ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފިއެވެ.

ރެޑްވޭވްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ނިރޮޅު މަގުގައި މި ހުޅުވީ ރެޑްވޭވްގެ 10 ވަނަ އައުޓްލެޓް ކަމަށާއި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ފަރުނީޗަރު ފޯރުކޮށްދިނުން ކަމަށެވެ.

މި ފިހާރައިން ސޯފާ ސެޓާއި ބެޑް ރޫމް ސެޓް، ޑައިނިންގް ޓޭބަލް، އަލަމާރި ފަދަ ސާމާނުތައް ލިބެން އެބަހުއްޓެވެ. މި އަންނަ މަހު ރޯދަ ސޭލް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެ ފިހާރަ އިން ބުންޏެވެ. 

ރެޑްވޭވް ލިވިން އިން ވިއްކާ ސާމާނު އެމްއެފްއެލްސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކްރެޑިޓް ސްކީމަށް ދޫކުރާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. 

ރެޑްވޭވްގެ އެންމެ ބޮޑު އެއް އަމާޒަކީ އެހެން ތަންތަނުން އަގު ބޮޑުކޮށް ވިއްކާ ސާމާނު އަގު ހެޔޮކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ މަގު ފަހިކޮށް އެކަން ކަސްޓަމަރުންނަނށް ސާބިތުކޮށްދިނުން ކަމަށް ރެޑްވޭވް އިން ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް