ރާއްޖޭގެ އިންސާނު ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރާ މަސައްކަތްތައް ވިލާތުގެ އިއްތިހާދާ ހިއްސާކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވިލާތުގެ އިއްތިހާދުގެ ސަފީރު ޓުންގް ލައި މާގިއޫއާ ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުންނާއި އިންސާނީ ހައްގުތައް ކުރިއަރުވައި، ރައްކާތެރިކޮށް ދެމެހެއްޓުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން ކޮމިޝަނުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
ރާއްޖޭގައި ހައްގުތައް ގެއްލުވާލައި ހަނިކުރަމުން ގެންދާ އިރު ހައްގު ބަސް ނުބުނާތީ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.