މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.
އެ މުއައްސަސާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގާފައިވާ ކަމަށާއި އެ ޕްރޮޑަކްޓްތަކުގައި ބަނގުގެ ބާވަތެއް ހިމެނޭ ކަމަށެވެ.
މި ޓްވީޓްގައި ކަސްޓަމްސް އިން ޝެއަރ ކޮށްފައިވާ ދެ ޕްރޮޑަކްޓްގެ ފޮޓޯއަކީ ލޭޑީސް ޗޮއިސް ބްރޭންޑްގެ "ޗިކަން ސްޕްރެޑް" ފުޅިތަކަކާއި މާސްޓަރ ފުޑްސް ބްރޭންޑްގެ "ކަންޓްރީ ބީފް ކެސަރޯލް" އެވެ.
Food items displayed on shop racks have been removed. These items were alleged for containing alcohol in the ingredients. pic.twitter.com/33da6SOjMf
— Maldives Customs (@CustomsMv) February 22, 2018
މި ޕްރޮޑަކްޓްތައް ނަގާފައިވަނީ ކޮން ފިހާރައަކުން ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.
ޗިކަން ސްޕްރެޑް ފުޅީގެ މަތީގައި "ނޮޓް ފޯ މުސްލިމް" ވެސް ވަނީ ޖަހާފައެވެ. އަދި ޗިކެން ސްޕްރެޑަކީ ޕާނާ އެކު ގިނަ ބަޔަކު ކާން ބޭނުންކުރާ ބާވަތެކެވެ.
ސުޕަމާޓްތަކާއި ފިހާރަތަކުން މި ޕްރޮޑަކްޓްތައް ލިބެން ހުރެއެވެ.