ވޯލްޑް ހެލްތު އެންޑް ވެލްނެސް ކޮންގްރެސް އެންޑް އެވޯޑްސް އިން ހޮވާ ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަދެލެއް ގެނުވި 100 ލީޑަރުންގެ ތެރޭގައި އަހްމަދު ފަސީހު ހިމެނިއްޖެއެވެ.
މި އެވޯޑް މި އަހަރު ދީފައިވަނީ 133 ގައުމަކުން 500 އަށް ވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވި ޖަމިއްޔާ ކޮންގްރެސްގައެވެ.
މި އެވޯޑް ލިބުމުން ފަސީހު ވިދާޅުވީ އުންމީދު ކުރައްވަނީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ތަކެތި ސިއްޚީ ދާއިރާއަށް ސަޕްލައި ކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ފުޅާވުމަށް އެހީތެރިކަން ފޯރުކޮށްދެވުން ކަމަށެވެ.
ފަސީހު އަށް މި އެވޯޑް ލިބިފައިވަނީ ސިއްހީ ސާމާނު ފޯރުކޮށްދޭން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ފަސީހުގެ ކުންފުނި ވޯލްޑިވްސް ކުންފުނިން ވިއްކަނީ އިމްޕްލާންޓް މެޝިނަރީސް އާއި އެޑްވާންސް ތެރަޕީއަށް ބޭނުންވާ ތަކެއްޗާއި އޮޕަރޭޝަނަށް ފަހު ބޭނުންކުރާ ތަކެއްޗެވެ.
2014 ގައި ރާއްޖެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރަން ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްސް ވެސް ފަސީހުގެ ކުންފުނިން ވަނީ ސަޕްލައިކޮށްދީފައެވެ.
ވޯލްޑް ހެލްތު އެންޑް ވެލްނެސް ކޮންގްރެސް އެންޑް އެވޯޑްސް ހަފްލާ ބާއްވާފައިވަނީ އިންޑިއާގައެވެ.