ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖަލުގައި މިވަގުތު ހައްޔަރުކޮށްފައި ތިއްބެވި އެހެން ބޭފުޅުންނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އދ. އާ ހިއްސާ ކުރައްވާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޮކޯ ނޮޑައާ ބައްދަލުކުރެއްވުމަށް ފަހު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމުގައި އދ. ގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ދުންޔާ ވަނީ ރާއްޖޭގެ ތަރައްގީއަށް އދ. އިން ދޭ އެހީތެރިކަމާއި ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.
Counting on the support of @UN in resolving the current crisis in #Maldives. We value the partnership & your support for development of our country. Good to share concerns with @shokonoda regarding my father @maumoonagayoom & other detainees. #PeaceNotWar pic.twitter.com/8XjUfKOqxY
— Dunya Maumoon (@dunyamaumoon) February 21, 2018
ދުންޔާ ވަނީ ރައީސް މައުމޫން މިނިވަންކޮށް އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް ވެސް ސަރުކާރަށް ގޮވާލައްވާފައެވެ. ރައީސް މައުމޫނު ހައްޔަރުކޮށްފައިވީ ނަމަވެސް ސަރުކާރުގައި ދުންޔާ ހުންނެވީތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.