ސްޓީލް ހާޑްވެއަރގެ އެއްވެސް ޑިރެކްޓަރަކު ހައްޔަރުނުކުރާ ކަމަށާއި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ފައުޒީ ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެކުންފުނީގެ އެއްވެސް ޑިރެކްޓަރަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ ޚަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.
އެ ކުންފުނިން ވަނީ އެއްވެސް ފަރާތަކުން އެކަހަލަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
އެ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ވެސް ވަނީ އެއްވެސް ޑިރެކްޓަރަކު ހައްޔަރުނުކުރާ ކަމަށް ބުނެފައެވެ. އަދި އެހެން ދުވަސްތަކެކޭ އެއްގޮތަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ޓްވީޓްގައި ވެއެވެ.
None of our Directors have been arrested. The information is incorrect. The Directors are working as usual. Business continues as usual. @thayyib
— Steel Hardware (@SteelhardwareMV) February 20, 2018