މޯލްޑިވްސް ލިވިންގް އެކްސްޕޯ މާރޗް މަހު ބާއްވާނެ ކަމަށް ހައިރައިޒް ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާރޗް 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް އެކްސްޕޯ ނެޝެނަލް އާރޓް ގެލަރީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިތައް:
- 8 މާރޗް - 14:00-18:00 – 20:00-23:00
- 9 މާރޗް – 16:00-18:00 – 20:00-23:00
- 10 މާރޗް - 14:00-18:00 – 20:00-23:00
މޯލްޑިވްސް ލިވިންގް އެކްސްޕޯއަކީ ގެދޮރާ ބެހޭ މުހިންމު މައުލޫމާތުތަކެއް އެއް ސަރަހައްދަކުން ލިބިގެންދާ އެކްސްޕޯއެކެވެ.
މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ ކޮލަމްބޯ ސިޓީ ސެންޓަރެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 28 ކުންފުންޏަކުން މި އަހަރުގެ ލިވިންގް އެކްސްޕޯ ބައިވެރިވާނެއެވެ.
މި އެކްސްޕޯ ކުރިން ފެބްރުއަރީ މަހު ބޭއްވުމަށް ނިންމި ނަމަވެސް ފަސްކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.